ސްޕެނިޝް ލީގުގެ މި ސީޒަނުގައި ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި އޮސަނޫނާ ކައިރިން މޮޅުވެއްޖެއެވެ.
ކްލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރި ރެއާލުން އާ ސީޒަނަށް ނުކުމެ، ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އޮސަސޫނާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ޒަބީ އެލޯންސޯއާއެކު ސީޒަނަށް ނުކުމެ ފުރަތަމަ މޮޅާއެކު ރެއާލް ހަމަޖެހިލި އިރު، އެޓީމު ފެނިގެން ދިޔައީ އެޓޭކިން ކުޅުމެއްގައެވެ.
ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ރަނގަޅު އެޓޭކިން ފޯމެއްގައި ރެއާލުން ފެށި އިރު، މެޗުގެ ކުރީކޮޅުގައި އޭނާ މަތިމަތިން ވައްޓާލި ބޯޅައެއްގައި ވިނީޝިއަސް ޖޫނިއާއަށް ލިބުނު ފުރުސަތު އޭނާ އަތުން ބޭކާރުވިއެވެ.
އޭގެ އިތުރުން ދުރުން އެޑާ މިލިޓާއޯ ފޮނުވާލި ހަމަލާ އޮސަސޫނާ ކީޕަރު މަތަކުރި އިރު، ފުރަތަމަ ހާފުގައިވެސް ކިލިއަން އެމްބާޕޭ ނުރައްކާ ކުރިއެވެ. އަރިމަތިން ވަދެ، އޭނާ ދެ ބޯޅައެއް ނަގައިދިން ނަމަވެސް، މެދުތެރެއިން ރަނގަޅަށް ނިންމާނުލެވުނީއެވެ.
ރެއާލުން މެޗުގެ ލީޑު ނެގީ، 51 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން އަރިމަތިން އެމްބާޕޭ ވަދެ ނަގައިދޭން މަސައްކަތް ކުރި ބޯޅައެއްގައި، އޮސަސޫނާ ޑިފެންޑަރު އޭރިއާ ތެރެއިން ކުރި ފައުލަށް ލިބުނު ޕެނަލްޓީގައި ގޯލު ޖަހައިދިނީ އެމްބާޕޭއެވެ.
މެޗުގެ ފަހު މިނެޓުގައި އަބެލް ބްރެޓޯންސްއަށް ރަތް ކާޑު ދެއްކި އިރު، ރޭގެ މެޗުގައި ރެއާލަށް އަލަށް ގެންދިޔަ އަލްވާރޯ ކަރޭރާސްއާއި ޒުވާން ޑިފެންޑަރު ފްރޭންކޯ މަސްޓަންޓުއޯނޯ މެޗުގައި ފެނިގެން ދިޔައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް