ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ ކައްދޫގައި މިރޭ ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 7:20 ހާއިރު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓް ސަރަހައްދުން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި މަރުވީ މަގު ހުރަސް ކުރަނިކޮށް ސައިކަލުން ޖެހި އަނިޔާވި އަންހެން މީހާއެވެ.
ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ އެ އަންހެން މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިިބިފައިވާ ކަމަށާއި އެމީހާގެ ދެފައި ކަށިމަތިން ބިނދިފައިވާ ކަމަށެވެ.
އެ އަންހެން މީހާއާ އެކު މަގު ހުރަސް ކުރި އޭނާގެ މާމަ ދަރިއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އަންނަނީ ފަރުވާދެމުންނެވެ.
ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް އަނިޔާވެފައިވާ އެ ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ މޫނު މަތި ޒަހަމްވެފައިވެއެވެ. ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު