ބ. ކެންދޫގެ ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ މިއަދު ކެންދުއަށް ވަޑައިގެންފައެވެ.
ރައީސްގެ އެ ޒިޔާރަތުގެ ތެރެއިން ކެންދޫގެ ތަރައްގީއަށް ބޭނުންވާ ދެ މަޝްރޫއެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެއީ ކެންދޫގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ ދެ މަޝްރޫއުގެ އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.
ކެންދޫ ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 119,361,062.16 (119 މިލިއަން) ރުފިޔާއަށް 450 ދުވަސް ތެރޭ މަސައްކަތް ނިންމައި ހަވާލުުކުރާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 29،854 ކޮޑި މީޓަރު ވެލި ބަނދަރު އަދި ނެރު ފުންކޮށްގެން ނެގުން.
- 112،016 އަކަ މީޓަރު ސަރަހައްދެއްގެ ބިން ހިއްކުން.
- 278 މީޓަރުގެ އެއްގަމުތޮށި ޖެހުން.
- 10 މޫރިން ބޮއި ހަރުކުރުން.
- 11X11، 09X10 މީޓަރުގެ ރޭމްޕެ އެޅުން.
- 1.575 މީޓަރު ޖެޓީ އެޅުން.
- 971 މީޓަރު ރިވެޓްމެންޓް ޖެހުން.
- 62 މީޓަރު ފައިކަށި ޖެހުން.
- 29 މީޓަރު ނެރު ފައިކަށި ޖެހުން.
- 9 ބަނދަރު ބައްތި ޖެހުން.
- 2 ނެރު ބައްތި ޖެހުން.
- އެއްގަމު ތޮށި ވަށައިގެން 5 މީޓަރު ފުޅާ ޕޭވްމަންޓް އެޅުން.
ފާތިމަތު ލިއުޝާ
ބ. ކެންދޫ
ބ. ކެންދޫ
ބ. ކެންދޫ
ބ. ކެންދޫ