ބ. ކެންދޫ ކައުންސިލް ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ކަނޑު ފައްތައިފިއެވެ.
ކެންދޫ ކައުންސިލު ރައީސް އިބްރާހިމް އަބްދުއްރަހްމާން މިއަދު "ވަން" އަށް ވިދާޅުވީ އޭނާގެ ސައިކަލު ކަނޑު ފައްތާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށެވެ. އަދި މިހާރު އެ ސައިކަލު ކަނޑުން ނަގާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އެއީ ސިޔާސީ ގޮތުން ނުރުހޭ ބަޔަކު ކޮށްފައިވާ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކެމްޕެއިން ދުވަސްކޮޅު ބަހުގެ ހަމަލާތަކެއް އަމާޒުވި. މިހާރު ވާނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައި،" އަބްދުއްރަހްމާން ވިދާޅުވިއެެވެ.
އިބްރާހިމްގެ ފިނޯ ސައިކަލު ފެނުނީ ރަށުގެ އުރަފަށުން ބޭރުންނެވެ. ސައިކަލު ފައްތާފައި އޮތީ 10 މީޓަރު އަޑިއަށެވެ.
ފާތިމަތު ލިއުޝާ
ބ. ކެންދޫ
ބ. ކެންދޫ
ބ. ކެންދޫ
ބ. ކެންދޫ