ލ. ގަމު ޒޯން ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު، ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ، ގޯޅި ސްޕޯޓްސްއިން ޔަގީން ކޮށްފިއެވެ.
އިއްޔެ ހަވީރު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ގޯޅިން ވަނީ 8-3 ގެ ނަތީޖާއަކުން ކިއުއެމް ސްޕޯޓްސް ބަލިކޮށްފައެވެ. އެއީ ގޯޅި އަދި ކިއުއެމްއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންވަނަ މެޗެވެ. ގޯޅިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުން ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިފައެވެ.
ކިއުއެމްއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.
އިއްޔެގެ މެޗުގައި ގޯޅީގެ އިބްރާހީމް މަހުދީ ހުސައިނާއި އަހުމަދު ހަލީމް (އަންމަޑޭ)، ދެ ކުޅުންތެރިންވެސް ހެޓްރިކް ހަދާފައިވާ އިރު، އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ އަރުޝަދު ވެސް ގޯލު ޖެހިއެވެ.
ކިއުއެމްގެ ނަދީމް އަހުމަދު ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު އަފްސާނެވެ.
މިފަހަރުގެ ލ. އަތޮޅު މުބާރާތަކީ މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ގޯލްޑް ކަޕް 2025 ގެ ކޮލިފިކޭޝަން މުބާރާތެކެވެ. ގޯލްޑް ކަޕުގެ ކޮލިފިކޭޝަން އިއްޔެ ލ. އަތޮޅުން ފެށި އިރު، މުބާރާތް ކާމިޔާބުކުރީ ކްލަބު ނިސްބަތްވާ ރަށަކަށް ގޯލްޑް ކަޕުން ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
ގްރޫޕް ސްޓޭޖުގެ އިތުރު މެޗެއް މިއަދު އޮންނާނެއެވެ. މިއަދު އޮންނަ މެޗަކީ ގްރޫޕް އޭގެ ފަހު މެޗެވެ. އެމެޗުގައި ދަނބިދޫ ޑައިސް ނުކުންނާނީ އައިލެންޑް ޔޫތު ޔުނައިޓެޑާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް