ލ. ގަމު ޒޯން ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު، ލ. އަތޮޅު ފުޓުބޯޅަ މުބާރާތު ފައިނަލުގެ ދެވަނަ ޖާގަ، މާހިންނަ ޔުނައިޓެޑުން ހޯދައިފިއެވެ.
މާހިންނައިން ފައިނަލުގެ ދެވަނަ ޖާގަ ޔަގީންކުރީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ދަނބިދޫ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް (ޑައިސް) ކައިރިން 3-0 އިން މޮޅުވެގެންނެވެ.
މިފަހަރުގެ ލ. އަތޮޅު މުބާރާތަކީ މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ގޯލްޑް ކަޕް 2025 ގެ ކޮލިފިކޭޝަން މުބާރާތެކެވެ. ގޯލްޑް ކަޕުގެ ކޮލިފިކޭޝަން އިއްޔެ ލ. އަތޮޅުން ފެށި އިރު، މުބާރާތް ކާމިޔާބުކުރީ ކްލަބު ނިސްބަތްވާ ރަށަކަށް ގޯލްޑް ކަޕުން ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
މިހާރު އޮތް ގޮތުން ލ. ގަމުގެ ދެޓީމު ފައިނަލަށް ގޮސްފައިވުމާއެކު، ގަމަށް ވަނީ މިއަހަރުގެ ގޯލްޑް ކަޕުން ފުރުސަތު ލިބިފައެވެ.
މާހިންނައާއި ޑައިސްއިން އިއްޔެ ކުޅުނު ފޯރިގަދަ މެޗުގައި މާހިންނައަށް އެންމެ ބޮޑު ތަފާތެއް ދެއްކީ، އުމުރުން 17 އަހަރުގެ ހޫދު އަހުމަދު ފަތުހީއެވެ. އޭނާގެ ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، މާހިންނަގެ ތިންވަނަ ގޯލު، މެޗު ނިމެންދަނިކޮށް ޖަހައިދިނީ އަހުމަދު ރާހިލް ރަޝީދެވެ.
ލ. އަތޮޅު މުބާރާތުގެ ފައިނަލް އޮންނާނީ މާދަމާ ހަވީރު 4:00 ގައެވެ. ފައިނަލުގައި މާހިންނަ ނުކުންނާނީ ގޯޅިއާ ދެކޮޅަށެވެ.
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް