ފުވައްމުލަކު ސިޓީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ފޭސް ދޭއްގެ މަސައްކަތުގެ ދަށުން އެތެރޭގެ މަގުތަކުގައި ކޭބަލް ޖަންކްޝަން މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.
އެމްޓީސީސީން ބުނީ ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ފޭސް ދޭއްގެ މަސައްކަތުގެ ދަށުން އެތެރޭގެ މަގުތަކުގައި ސެޓްލްމަންޓް ޓޭންކާއި ޔޫޕީވީސީ ޕައިޕްތައް ހަރުކުރުމުގެ އިތުރުން އެ ތަނުގައި ކާބްސްޓޯން އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
ޖުމުލަ 331.05 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖުލައި 4، 2019 ގައެވެ. ފުވައްމުލަކު ރިންގް ރޯޑުގެ މަސައްކަތް ނިންމާލުމަށްފަހު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2020 ގައެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބް ބޭސް ތައްޔާރުކުރުން.
- 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުން.
- 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން.
- މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުން.
- 19،940 މީޓަރުގެ ސަރަހައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުން.
ފާތިމަތު ލިއުޝާ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ