މުޅި މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ދެންމެ ބުނީ، ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް މައްސަލަ ހައްލުކޮށް އަލުން ކަރަން ދެވޭނެ އިރެއް ނުބުނެއެވެ.

ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

މިއީ މި އަހަރުގެ ތެރޭގައި މުޅި މާލެ އިން ކަރަންޓު ކެނޑުނު ދެވަނަ ފަހަރެވެ.