އިންޑިއަ ސުޕަ ލީގު (އައިއެސްއެލް) ގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާތީ، އެ ލީގުގައި ކުޅެމުންދާ ބެންގަލޫރު އެފްސީން ކުޅުންތެރިންގެ މުސާރަ ދިނުން ހުއްޓާލައިފިއެވެ.
މީގެ ކުރިން 2018-19 ވަނަ އަހަރު އައިއެސްއެލް ޗެމްޕިއަންކަން ހޯދި ބެންގަލޫރު އެފްސީން ނެރުނު ބަޔާނެއްގައި ބުނީ އައިއެސްއެލްގެ ކުރިމަގާ މެދު އުފެދިފައިވާ ސުވާލުތަކެއްގެ ސަބަބުން ފަހަތަށް ފިޔަވަޅެއް އަޅަން ޖެހިފައިވާ ކަމަށެވެ. އެ ކްލަބުން ބުނީ އިންޑިއާގައި ފުޓުބޯޅަ ކްލަބެއް ހިންގުމަކީ އަބަދުވެސް އުނދަގޫ ހާލަތެއްގައި ކުރަމުންދާ ކަމެއް ކަަމަށާއި، މިހާރު އޮތް ހާލަތުން ކްލަބަށް ދާއިމީކޮށް މުސާރަ ދެވެން ނެތް ކަމަށެވެ.
އިންޑިއާ ފުޓުބޯޅަ މިވަގުތު އޮތީ އުނދަގޫ ހާލަތެއްގައެވެ. އެ ގައުމުގެ މައި ލީގު އައިއެސްއެލް ފެށޭނެ ތާރީހެއް ނޭނގެއެވެ. އައިއެސްއެލްއާއި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާ ދެމެދު ޖެހުނު ރައިޓްސްގެ މައްސަލަގަނޑެއްގެ ސަބަބުން، މާސްޓާ ރައިޓްސް އެގްރީމެންޓްގައި ސޮއި ނުކުރެވި، އެކަން ވަނީ ދިގުލައިގެން ގޮސްފައެވެ.
އައިއެސްއެލް ހިންގަމުން އަންނަ ފުޓްބޯލް ސްޕޯޓްސް ޑެވަލޮޕްމަންޓް ލިމިޓެޑް (އެފްއެސްޑީއެލް)އިން ބުނީ އައިއެސްއެލްގެ މާސްޓާ ރައިޓްސް އެގްރީމެންޓްގައި ސޮއި ނުކުރެވި ދިގުލައިގެންދާ ކަމަށާއި، މިހާރު އޮތް އެގްރީމެންޓް ޑިސެމްބަރު މަހަށް ހަމަވާ ކަމަށެވެ.
އެ އެގްރީމެންޓް ސީޒަން ތެރެއިން ހަމަވެއްޖެ ނަމަ، ވަގުތުން ލީގު ހުއްޓޭނެކަމުގެ ބިރު އޮތް އިރު، އެގްރީމެންޓް މިހާރު އޮތް ގޮތުން، އެ އެގްރީމެންޓްގައި ސޮއި ނުކުރުމަށް އޭއައިއެފްއެފްއަށް ސުޕްރީމް ކޯޓުންވެސް ވަނީ އަންގައިފައެވެ.
އެކަމުގައި ސީނިއާ ބައެއް ކުޅުންތެރިންގެ ފާޑުކިޔުން އިންޑިއާގެ ފުޓުބޯޅަ އިދާރާއަށް އަމާޒުވެފައިވާ އިރު، ބެންގަލޫރު އެފްސީގެ ސީނިއާ ކުޅުންތެރިޔާ ސުނިލް ޗެތުރީ ބުނީ ކްލަބުން ނިންމި ނިންމުމުގެ ސަބަބުން ޔޫތު ޓީމުތަކަށް އަސަރުކުރާނެ ކަމަށެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ