ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
އެކްސިޑެންޓުގައި މަރުވެފައިވަނީ ފުވައްމުލަކު ދުބުރިމާގެ، ހަސަން ސިވާދުއެވެ.
ފުލުހުން ދެންމެ ބުނިގޮތުގައި އެ އެކްސިޑެންޓު ހިނގީ ފުނާދު ހުސްނުހީނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.
އެ މައްސަލަ ރޭ ދަންވަރު 2:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މަރުވެފައިވަނީ އެ ސައިކަލު ދުއްވަން އިން ކުއްޖާ ކަމަށެވެ. އެކުއްޖާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް 3:38ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
މިދިޔަ މަހު 17 ވަަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައިވެސް 17 އަހަރުގެ ކުއްޖަކުވަނީ މަރުވެފަ އެވެ. އެކުއްޖާ މަރުވީ ބާރު ސްޕީޑުގައި އޭނާ ދުއްވާފައި ދިޔަ ސައިކަލު ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެތާ ކައިރިން ދަތުރުކުރި ޕަކަޕެއްގައި ޖެހި އެކްސިޑެންޓުވެގެންނެވެ.
އާއިޝަތު މާހާ
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް