ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނިގޮތުގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައި ފާސްކުރި އިރު ތިންފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 66.92 ގުރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 10 މީހުން ހައްޔަރު ކުރި ނަމަވެސް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތް މީހުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބާކީ ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކު ހަތް ދުވަހަށް އަދި އެކަކު ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެ ތިން މީހުންނަކީ:
- އާއިޝަތު ފައިހާ ތާހާ، 19، ފްލާވާ ހައުސް / ހދ. ނޭކުރެންދޫ - ބަންދުކުރީ ހަތް ދުވަހަަށް
- އަހުމަދު ތައިސީރު 27، ރޯޝަނީމާގެ / ސ. ހުޅުދޫ - ބަންދުކުރީ ހަތް ދުވަހަށް
- އަކްރަމް މުހައްމަދު، 28، ސާމިޔާނާ / ނ. މަގޫދޫ - ބަންދުކުރީ ފަސްދުވަހަށް
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އާއިޝަތު މާހާ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު