ދުނިޔޭގެ އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ، ނޯވަކް ޖޮކޮވިޗް، ފްރާންސް ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ލެ މާންސް އެފްސީގެ ހިއްސާ ގަނެފިއެވެ.
ލެ މާންސްއަކީ އަލަށް މި ސީޒަނުގައި ދެވަނަ ޑިވިޝަނުގައި ކުޅެން ތައްޔާރުވަމުންދާ ޓީމެކެވެ. އެޓީމުގެ ޕާޓް-އޯނަރެއްގެ ގޮތުގައި ޖޮކޮވިޗް ވެފައިވާ އިރު، އޭނާއާއެކު ފޯމިއުލާ ވަން ކާރު ދުއްވުންތެރިން ކަމަށްވާ ފެލީޕޭ މާސާއާއި ކެވިން މަގްނޫސެންވެސް ވަނީ އެ ކްލަބުގެ ހިއްސާ ގަނެފައެވެ.
ލެ މާންސޭގެ އަނެއް ހިއްސާދާރުންނަކީ ބްރެޒިލްގެ ކުންފުންޏެއް ކަމަށްވާ އައުޓްފީލްޑެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ވިޔަފާރިވެރިން ތިބެއެވެ.
ލޭ މާންސްއިން ބުނީ ދުނިޔޭގެ ޓެނިހުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ ކްލަބުގެ ހިއްސާ ގަނެ، ކްލަބަށް ހިޔާލު ދޭން ހުރުމަކީ ތަފާތު ފެންނާނެ ކަމެއް ކަމަށެވެ. ހާއްސަކޮށް ކުޅުންތެރިންނަށް ޖޮކޮވިޗްގެ ބޭނުން ހިފޭނެ ކަމަށްވެސް ކްލަބުން ބުންޏެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް