ޔޫއެސް އޯޕަން ކާމިޔާބުކޮށް، އެލެކްސެންޑާ ޒްވެރޭވް ކެރިއަރުގެ ދެވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފިއެވެ.
ޒްވެރޭވް، 29، މިއަހަރު ފްރެންޗް އޯޕަންވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ޔޫއެސް އޯޕަން ކާމިޔާބުކުރީ މުޅިން އަލަށް ގްރޭންޑް ސްލޭމް މުބާރާތެއްގައި ވާދަކުރި ބެން ޝެލްޓަން ބަލިކޮށްގެންނެވެ. ޒްވެރޭވް މެޗުގެ ފުރަތަމަ ދެ ސެޓު، 6-3، 7-6 (7-2) އިން ގެންދިޔަ ނަމަވެސް ޝެލްޓަން ވަނީ އަމިއްލަ ގައުމުގެ ސަޕޯޓަރުން ކުރިމަތީގައި ތިންވަނަ ސެޓު 5-7 އިން ގެންގޮސްފައެވެ. އެހެން ނަމަވެސް ޒްވެރޭވް ވަނީ ތަޖުރިބާގެ ބޭނުން ހިފައި، 6-2 އިން ފަހު ސެޓު ގެންގޮސް މުބާރާތް ކާމިޔާބު ކޮށްފައެވެ.
މިއަހަރު ޒްވަރޭވަށް ފުރުސަތު ބޮޑުވެގެން ދިޔައީ މިދިޔަ ދެ އަހަރުވެސް އެންމެ ވަރުގަދަކޮށް ފެނުނު، ޖެނިކް ސިނާއާއި ކާލޮސް އަލްކަރާޒަށް އަނިޔާގެ މައްސަލަތަކާއި ފޯމު ދަށްވުމުގެ މައްސަލަތަކާ ކުރިމަތިވުމުންނެވެ. އެ ދެ ކުޅުންތެރިން ދަށްވުމުގެ ފައިދާ ޒްވެރޭވް ދަނީ ފުރިހަމައަށް ނަގަމުންނެވެ.
ޒްވެރޭވްއާ ދެކޮޅަށް ނުކުތް ޝެލްޓަން މަސައްކަތް ކުރީ 2003 ވަނަ އަހަރު އެންޑީ ރޮޑްނިކަށްފަހު މޭޖާ މުބާރާތެއްގެ ސިންގަލްސް ކާމިޔާބުކުރި ފުރަތަމަ އެމެރިކާ ކުޅުންތެރިޔާއަށް ވުމަށެވެ. އެހެން ނަމަވެސް ފުރަތަމަ ދެ ސެޓުގައިވެސް ޒްވެރޭވް ވަނީ ކޮންޓްރޯލް ނަގައިފައެވެ. އެހެން ނަމަވެސް ތިންވަނަ ސެޓުގައި ކޮންމެވެސް ވަރަކަށް އޮއެވަރު ބަދަލުވިއެވެ. ޝެލްޓަން ޒްވެރޭވަށް ޕްރެޝަރު ބޮޑު ކުރި ނަމަވެސް، އެންމެ ފަހު ސެޓުގައި ޒްވެރޭވް އަނެއްކާވެސް އޭނާގެ ފެންވަރު ދައްކާލިއެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް
ކޮމެންޓް