އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ޕާޓީގެ 3،000 އެއްހާ މެންބަރުންގެ ބައިވެރިވުމާ އެކު "ރަން ރީނދޫ" ދުވުން ބާއްވައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެ ދުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، އެ ޕާޓީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޕާޓީގެ އިސްވެރިންނާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

01 އޮގަސްޓް 2025، އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރަން ބޭއްވި "ރަން ރީނދޫ" ދުވުމުގައި އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ ---- ފޮޓޯ: އެމްޑީޕީ

ރަން ރީނދޫ ދުވުން ކުރިއަށް ގެންދިޔައީ ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައެވެ. ދުވުން ކުރިއަށް ގެންދިޔަ އިރު ފުލުހުން ވަނީ އަމަން ބެލެހެއްޓުމުގެ ގޮތުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

01 އޮގަސްޓް 2025، އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރަން ބޭއްވި "ރަން ރީނދޫ" ދުވުމުގައި ތެރެއިން ---- ފޮޓޯ: އެމްޑީޕީ

ދުވުން ކުރިއަށް ގެންގޮސްފައިވަނީ 20 މިނިޓަށެވެ.