ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން 2400 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފިއެވެ.
ވީއައިއޭގެ އާ ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އާ ޓާމިނަލުން ފުރަތަމަ ހިދުމަތްދީފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން, މޯލްޑިވިއަންގެ ފުލައިޓަކަށެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އެ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޓާމިނަލް އެކަކުން މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާ ކަމަށެވެ.
"ޖުމުލަ 2,410 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި ރާއްޖެ އައި 1,454 ފަސިންޖަރެކެވެ..،" އެމްއެސީއެލުން ބުންޏެވެ.
ވީއައިއޭގެ ޓާމިނަލް އެކަކަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިންނެވެ. އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންނެވެ. އޮރާޓް ޕްރޮސެސްގެ ތެރެއިން އާ ޓާމިނަލުން ފުރަތަމަ ހިދުމަތްދެނީ މޯލްޑިވިއަންގެ ފުލައިޓުތަކަށެވެ.
އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް, މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރުމަށް އެމްއޭސީއެލުން ވަނީ ނިންމައިފައެވެ.
ފާތިމަތު ލިއުޝާ
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް