ލ. މާވަށުގައި އިއްޔެ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވި ނަލަހިޔަ، ލ. މާވަށް، މޫސާ އިބްރާހިމް (29އ) ގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އަސަރީ މަންޒިލް، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް (29އ)، ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މޫސަގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މުހައްމަދު އިބްރާހިމް ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން މިއަދު ބުނީ، މުހައްމަދު އިބްރާހިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައި ކަމަށެވެ.
ފުލުހުން ރޭ ވަނީ ތަހުގީގަށް ބޭނުން ބޭނުންވާ އިތުރު ތަހުލީލުތަކެއް ހެދުމަށް މޫސަގެ ހަށިގަނޑު މާލެ ގެނެސްފައެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ މޫސައަށް ހަމަލާދިނުމަށް ބޭނުން ކުރި ވަޅި ފުލުހުން ހޯދާފައިވާ ކަމަށެވެ. އެ ވަޅި ހޯދައިފައިވަނީ ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް