ފޯވަޑެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މެންޗެސްޓާ ޔުނައިޓެޑުން އާރްބީ ލެއިޕްޒިގުގެ ބެންޖަމިން ސެސްކޯ އާއި އެސްޓަން ވިލާގެ އޮލީ ވޮޓްކިންސްއަށް ފާރަލަމުންދާ ކަމަށް ނޫސްތައް ބުނެފިއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑްގެ ހައިރާކީން މިހާރު މަސައްކަތް ކުރަމުން ދަނީ ކްލަބަށް ބޭނުން ނެތް ކުޅުންތެރިން ބޭރުކޮށް، ގިނަ ކުޅުންތެރިންތަކެއް ފޮނުވާލުމަށް ކަމަށެވެ. އިތުބާރު ނޫސްތަކުން ބުނީ ޔުނައިޓެޑުން އެކަންތައް ވީ އެންމެ އަވަހަކާ ކުރަން ބޭނުންވާ ކަމަށާއި އެ ކުޅުންތެރިން ޓްރާންސްފާ ކޮށްގެން ނޫނީ އާ ކުޅުންތެރިޔަކު ހޯދަން ފަންޑް ނުހޯދޭނެ ކަމަށެވެ.
ނިއުކާސަލްއިން ވެސް ސެސްކޯއަށް ބަލަމުންދާ އިރު، ނިއުކާސަލްއަށް ފޯވަޑެއް ހޯދުން އޮތީ މުހިއްމު ވެސް ވެފައެވެ. އެޓީމުން ފުރަތަމަ ބަލަމުންދިޔަ ފޯވަޑް ހޫގޯ އެކަޓީކޭ މިހާރު ލިވަޕޫލަށް ސޮއި ކޮށްފައިވާ އިރު، ހަބަރުތައް ބުނީ އެލެކްސެންޑާ އިސާކް ހޯދަން ވެސް ލިވަޕޫލުން މަސައްކަތް ކުރާ ކަމަށެވެ.
އިސާކް ކްލަބު ދޫކޮށްލައިފާނެ ކަމަށް ނިއުކާސަލްއިން ސެސްކޯއަށް ފާރަލަމުންދާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، މިވަގުތު ހާލަތު އޮތް ގޮތުން ސެސްކޯއަށް ޔުނައިޓެޑާއި ނިއުކާސަލް ގަދަ ހިފުމަކަށް ގޮސްދާނެ ކަމަށް ނޫސްތައް ބުނެއެވެ.
އުމުރުން 22 އަހަރުގެ ސެސްކޯ، މިދިޔަ ސީޒަނުގެ ޖަރުމަނު ލީގުގައި ކުޅުނު 33 މެޗުގައި 13 ގޯލު ޖަހާފައިވެއެވެ.
ވިލާއިން ވޮޓްކިންސް ނުވިއްކަން ތިބި ކަމަށްވެސް ނޫސްތައް ބުނެފައިވާ އިރު، ޔުނައިޓެޑްގެ ލިސްޓުގައި ވޮޓްކިންސް އެބައޮތެވެ. ހަބަރުތައް ބުނީ އުމުރުން 29 އަހަރުގެ ފޯވަޑަށް ވިލާއިން ކިޔާނެ ކަމަށް ބެލެވޭ އަގަކީ 60 މިލިއަން ޕައުންޑް ކަމަށެވެ. އެހެން ނަމަވެސް، އެ އަގު ޔުނައިޓެޑަށް ބޮޑުވާނެ ކަމަށްވެސް ނޫސްތައް ބުންޏެވެ.
ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ގޯލު ޖެހުމުގެ މައްސަލައެވެ. އެޓީމުގެ ފޯވަޑް، ރަސްމުސް ހޮއިލުންޑަށް މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 52 މެޗުން ޖެހުނީ 10 ގޯލެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް