ލ. މާވަށުގައި އިއްޔެ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވި ނަލަހިޔަ، ލ. މާވަށް، މޫސާ އިބްރާހިމް (29އ) ގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށް މާލެ ގެނެސްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މޫސަގެ ހަށިގަނޑު މާލެ ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މޫސައަށް ތޫނު އެއްޗަކުން ހަމާލާދީފައިވަނީ އިއްޔެ 10:12 އެހާކަންހާއިރެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ކަރަށް ވަޅި ހެރުމުގެ ސަބަބުންނެވެ. އެ މާރަމާރީއަކީ ދެ މީހެއްގެ މެދުގައި ހިނގާފައިވާ މާރާމާރީއެކެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ މޫސައަށް ހަމަލާދިނުމަށް ބޭނުން ކުރި ވަޅި ފުލުހުން ހޯދާފައިވާ ކަމަށެވެ. އެ ވަޅި ހޯދައިފައިވަނީ ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ކަމަށް ފުލުހުން ބުންޏެވެ.
މޫސަގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އިއްޔެ އަސަރީ މަންޒިލް، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް (29އ) ހައްޔަރުކޮށްފައެވެ. އޭނާ ހުރީ ހއ. ވަށަފަރު ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މުހައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް