ތޫނު އެއްޗަކުން ހަމަލާދީ ލ. މާވަށުގައި މީހަކު މަރާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މަރުވެފައިވަނީ ނަލަހިޔަ، ލ. މާވަށް، މޫސާ އިބްރާހިމް (29އ) އެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ކަރަށް ވަޅި ހެރުމުގެ ސަބަބުންނެވެ.
ފުލުހުން ދެންމެ ބުނީ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ އަސަރީ މަންޒިލް، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް (29އ) ކަމަށެވެ.
އޭނާ މިހާރު ހުރީ ހއ. ވަށަފަރު ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
"މިހާތަނަށް ބެލި ބެލުމުން މި މާރަމާރީއަކީ ދެ މީހެއްގެ މެދުގައި ހިނގާފައިވާ މާރާމާރީއެއް" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ މިއަދުު 10:12 އެހާކަންހާއިރު ކަމަށެވެ.
"އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ" ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް