ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލ. މާވަށުން މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ނަލަހިޔަ، ލ. މާވަށް، މޫސާ އިބްރާހިމް (29އ) އެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ކަރަށް ވަޅި ހެރުމުގެ ސަބަބުންނެވެ.

ފުލުހުން މިއަދު ބުނީ މިއަދު 10:12 އެހާކަންހާއިރު މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައިވާ ކަމުގެ ރިޕޯޓް ލިބުނު ކަމަށެވެ.

"އަނިޔާވި މީހާ ހޮސްޕިޓަލްއަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލްއިން މައުލޫމާތު ދީފައިވޭ" ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.