އެމެރިކާ ލީގު، މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ އޯލް-ސްޓާ މެޗު ނުކުޅުމުން ލިއޮނަލް މެސީއާއި އޭނާއާ އެއް ޓީމަށް ކުޅެމުންދާ ޖޯޑީ އަލްބާ އެއް މެޗަށް ސަސްޕެންޑުކޮށްފިއެވެ.
އެމެރިކާ ލީގުގެ ޕްރޮމޯޝަނަލް މެޗެއްގެ ގޮތުގައި ކުޅޭ އޯލް-ސްޓާ މެޗުގައި މިދިޔަ ބުދަ ދުވަހު ވާދަކޮށްފައިވަނީ މެކްސިކޯ ލީގުގެ އޯލް-ސްޓާ ޓީމާ ދެކޮޅަށެވެ. މޭޖާ ލީގު ސޮކާ ޓީމުން އެ މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗަށް މެސީއާއި އަލްބާ ނޫނެކޭ ބުނެފައިވާ އިރު، މޭޖާ ލީގުން ބުނީ އެ ލީގުގެ ގަވާއިދު ބުނާ ގޮތުން އޯލް-ސްޓާ މެޗެއްގައި ނުކުޅޭނަމަ، ދެން ކުޅޭ ލީގު މެޗަކަށް އެ ކުޅުންތެރިޔަކު ސަސްޕެންޑް ކުރާނެ ކަމަށެވެ.
އިންޓަ މިއާމީން ލީގުގައި ސިންސިނާޓީއާ ދެކޮޅަށް ކުޅެން އޮތް މެޗުގައި މެސީއާއި އަލްބާއަށް ނުކުޅެވޭ އިރު، އެ ކްލަބުގެ އޯނަރު ޖޯޖް މާސް ބުނީ، ސަސްޕެންޝަނުގެ ސަބަބުން މެސީ ހުރީ ވަރަށް ބޮޑަށް ރުޅިގަދަވެފައި ކަމަށެވެ.
މާސް ބުނީ އެކުވެރިކަމުގެ މެޗެއް ނުކުޅެގެން ސަސްޕެންޝަނަކަށް ދާން ޖެހުން އެއީ މެސީއާއި އަލްބާއަށްވެސް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި، އެ ގަވާއިދު އެހެން އޮތުންވެސް އެއީ ޖޯކެއް ކަމަށެވެ.
މޭޖާ ލީގުގެ ކޮމިޝަނަރު ޑޯން ގާބާ ބުނީ މެސީ ސަސްޕެންޑް ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި، މޭޖާ ލީގަށް މެސީއަށްވުރެ ބޮޑު ހިދުމަތެއް ކުރަމުންދާ ކުޅުންތެރިޔަކު މަދު ކަމަށެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ