ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ ބައެއް އޮފިސަރުންނަށް ދެއްވައިފިއެވެ.
މެޑަލް ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ދެއްވާ ހާއްސަ މެޑަލްގެ އިތުރުން ދިގުމުއްދަތަކަށް ހިދުމަތް ކުރުމުގެ މެޑަލް އާއި މަތިވެރި ހިދުމަތުގެ މެޑަލް ވަނީ ދެއްވައިފައެވެ.
ސިފައިންގެ ތެރެއިން ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑަލް ދެ ބޭފުޅަކަށާއި މަތިވެރި ހިދުމަތުގެ މެޑަލް ދެ ބޭފުޅަކަށް އަދި ރައީސްގެ ހާއްސަ މެޑަލް ތިން ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ.
އަދި ފުލުހުންގެ ތެރެއިން ރައީސްގެ މެޑަލް ލިބިވަޑައިގަތީ ތިން ބޭފުޅަކަށެވެ. އަދި ނުވަ ބޭފުޅަކަށް މަތިވެރި ހިދުމަތްގެ މެޑަލް ލިބިވަޑައިގަތެވެ.
ސިފައިންގެ ތެރެއިން ދިގުމުއްދަތަކަށް ހިދުމަތް ކުރުމުގެ މެޑަލް އާއި މަތިވެރި ހިދުމަތުގެ މެޑަލް އަދި ރައީސްގެ ހާއްސަ މެޑަލް ލިބުނު ފަރާތްތައް:
- ބްރިގޭޑިޔާ ޖެނެރަލް އަބްދުއްﷲ އިބްރާހިމް (ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑަލް)
- ބްރިގޭޑިޔާ ޖެނެރަލް ޑރ. ހުސެއިން އިބްރާހިމް (ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑަލް)
- ކާނަލް ހުސެއިން އަލީ (މަތިވެރި ހިދުމަތުގެ މެޑަލް)
- ކާނަލް އަލީ މަނިކު (މަތިވެރި ހިދުމަތުގެ މެޑަލް)
- ވޮރަންޓު އޮފިސަރު ދޭއް އަބުދުﷲ ސާސަން (ރައީސްގެ މެޑަލް)
- ސާޖްންޓު މޭޖާ އަހުމަދު މުޖުތަބާ (ރައީސްގެ މެޑަލް)
- ސާޖަންޓު ފަސްޓު ކްލާސް އަހުމަދު އަލީ (ރައީސްގެ މެޑަލް)
ފުލުހުންގެ ތެރެއިން ރައީސްގެ މެޑަލް އަދި މަތިވެރި ހިދުމަތުގެ މެޑަލް ލިބުނު ފަރާތްތައް:
- އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް (ރައީސްގެ މެޑަލް)
- އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ (ރައީސްގެ މެޑަލް)
- ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމް (ރައީސްގެ މެޑަލް)
- ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަހުމަދު އަޒުހާން (މަތިވެރި ހިދުމަތްގެ މެޑަލް)
- ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ (މަތިވެރި ހިދުމަތްގެ މެޑަލް)
- ސުޕްރިޑެންޓެންޓް އޮފް ޕޮލިސް މުޖުތަބާ އަބްދުއް ސައްތާރު (މަތިވެރި ހިދުމަތްގެ މެޑަލް)
- ސުޕްރިޑެންޓެންޓް އޮފް ޕޮލިސް މަރިޔަމް އަޒްމާ (މަތިވެރި ހިދުމަތްގެ މެޑަލް)
- ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު (މަތިވެރި ހިދުމަތްގެ މެޑަލް)
- ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަލީ ފާއިދު (މަތިވެރި ހިދުމަތްގެ މެޑަލް)
- ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އިބްރާހިމް ޒާހިރު (މަތިވެރި ހިދުމަތްގެ މެޑަލް)
- ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް މުހައްމަދު (މަތިވެރި ހިދުމަތްގެ މެޑަލް)
- އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ޝިހާމް (މަތިވެރި ހިދުމަތްގެ މެޑަލް)
ފާތިމަތު ލިއުޝާ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް