ސައުދީ ޕްރޯ ލީގުގެ އަލް އަހްލީއަށް ކުޅެމުންދިޔަ ބްރެޒިލް ފޯވަޑް، ރޮބާޓް ފިރްމީނޯ، އެ ކްލަބު ދޫކޮށް ގަތަރުގެ އަލް ސާދާ ގުޅިއްޖެއެވެ.
ކުރިން ލިވަޕޫލަށް ކުޅުނު މަގުބޫލު ފޯވަޑް ފިރްމީނޯ، ގަތަރު ސްޓާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ސާދާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ފިރްމީނޯ ސައުދީ ކްލަބު އަހްލީ ދޫކޮށްލީ މިދިޔަ ސީޒަނުގެ އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓް މުބާރާތުގެ ތަށި އެ ކްލަބާއެކު ހޯދުމަށްފަހުއެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. އެއީ މިދިޔަ ސީޒަނަކީ މި ކްލަބުގެ ތާރީހީ ސީޒަނެއް. އަދި މިދިޔަ ދެ އަހަރު ކްލަބާއެކު ކުރެވުނު މަސައްކަތް ވަރަށް ކާމިޔާބު،" ފިރްމީނޯގެ ވަދާއީ މެސެޖުގައި ބުންޏެވެ.
ފިރްމީނޯއަކީ އަހްލީން އޭޝިއާގެ ޗެމްޕިއަންކަން ހޯދި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ މުބާރާތުގައި ކުޅުނު 12 މެޗުުގައި ހަ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން ފައިނަލް މެޗުގައި ޖަޕާނުގެ ކަވަސާކޯ ފްރޮންޓޭލާ ދެކޮޅަށް ކުޅުނު މެޗުގައި ފިރްމީނޯ އެސިސްޓްވެސް ކުރިއެވެ.
ފިރްމީނޯއަކީ މިދިޔަ އަހަރު އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.
އުމުރުން 33 އަހަރުގެ ފިރްމީނޯ، ކުރީން ލިވަޕޫލާއެކު ޕްރިމިއާ ލީގާއި ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދި އިރު، އޭނާއަކީ އޭޝިއާއާއި ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ތިންވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ އިތުރުން އެ ޝަރަފު ދެން ހާސިލުކުރާ ފިރްމީނޯއާއެކު އަހްލީއަށް ކުޅުނު އެޑްވާޑް މެންޑީއާއި ރިޔާދު މަހަރޭޒެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް