މިދިޔަ މެއި މަހު ދައުލަތުގެ ބެލުމުގެ ދަށަށް ތިން ކުދިން ގެންފޮސްފައިވާކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދު އާންމުކުރި، މިިދިޔަ މެއި މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކާބެހޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ތިން ކުދީންނަކީވެސް އަންހެން ކުދިންނެވެ.
ފޯސްޓަރިން ނިޒާމުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 1 ކުއްޖަކު މެއި މަހު ފޯސްޓާ އާއިލާއަކާ ހަވާލުކޮށް 1 ކުއްޖަކު އަނބުރާ އާއިލާއާ ރީއިންޓެގްރޭޓް ކޮށްފައިވާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޖެންޑާއިން ބުނިގޮތުގައި މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 148 ކުދިންނެވެ. އޭގެތެރޭގައި ހިމެނެނީ 82 ފިރިހެން ކުދިންނާއި 66 އަންހެން ކުދިންނެވެ.
އާއިޝަތު މާހާ
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް