ނ. ވެލިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ވެލިދޫ ސިނާއީ ސަރަހައްދުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.
ވެލިދޫ ސިނާއީ ސަރަޙަހައްދުގެ ބިންހިއްކުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ކޮންސްޓްރަކްޝަން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން، އޮޑިދޯނިފަހަރު ބޭލުމާއި ފައިބަރު މަސައްކަތްކުރުމަށްޓަކައި ރަށުގެ ހުޅަނގު ދެކުނު ފަރާތުން ބިން ހިއްކުމަށްފަހު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ހަމަޖެހިފައިވެއެވެ.
މިއަދު ވަނީ ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ ވެސް އަޅައިފައެވެ. ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
ފާތިމަތު ލިއުޝާ
ނ. ވެލިދޫ
ނ. ވެލިދޫ
ނ. ވެލިދޫ
ނ. ވެލިދޫ