ރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ފިރިހެން ކްލަބު ޗެމްޕިއަންސް ލީގުގައި ވާދަކުރާ ރާއްޖޭގެ ދެ ކްލަބު ކަމަށްވާ ކްލަބު އެޗްޑީސީއާއި ދިވެހި ސިފައިން ވާދަކުރަން އޮތް ރޭންކިން މެޗު ނުކުޅުމަށް ކާވާގެ ކޮންޓްރޯލް ކޮމިޓީން ނިންމައިފިއެވެ.
ކާވާ ފިރިހެން ކްލަބު މުބާރާތް ރާއްޖޭގައި ކުރިއަށްދާ އިރު، މުބާރާތުގައި ހަ ގައުމެއްގެ ކްލަބުތަކުން ވާދަކުރެއެވެ. އެއީ ރާއްޖޭގެ ދެ ކްލަބު ކަމަށްވާ ކްލަބު އެޗްޑީއާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން، ކަޒަކިސްތާނުގެ ޒައިކް ވީސީ، ކިރްގިސްތާނުގެ ބިޝްކެކް، އަދި ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޗެމްޕިއަން ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއެވެ.
މުބާރާތުގެ ލޯ މެޑަލް މެޗުގައި މާދަމާ ހަވީރު ހެލްޕް ނޭޕާލާއި ލަންކާ ޕޯޓްސްއިން ވާދަކުރާ އިރު، މާދަމާ ރޭ ރަން މެޑަލް މެޗުގައި ނުކުންނާނީ ޒައިކާއި ބިޝްކެކެވެ.
ކުރިން ތާވަލުގައި އޮތް ގޮތުން، ލީގު ބުރުގައި ފުލަށް ދިޔަ އެޗްޑީސީއާއި ފަސްވަނައިގައި ނިންމާލި ސިފައިން ކްލަބާ ދެމެދު ރޭންކިން މެޗެއް ކުޅުމަށް ހަމަޖައްސާފައިވެއެވެ. އެހެންނަމަވެސް ކާވާއިން ނިންމާފައި ވަނީ އެމެޗު ނުކުޅޭ ގޮތަށް ޝެޑިއުލް ބަދަލު ކުރުމަށެވެ.
މުބާރާތުގައި ސިފައިންނާއި އެޗްޑީސީން މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތީ އޭގެ ކުރިން ކުޅުނު މެޗުތަކުން ބަލިވެފައި އޮވެގެންނެވެ. މިއަދުގެ މެޗު ސިފައިން 3-2 ސެޓުން އެޗްޑީސީ ކައިރިން ކާމިޔާބުކުރި އިރު، ކާވާގެ ނިންމުމާއެކު ސިފައިންނަކީ ފަސްވަނަ ޓީމެވެ. އެޗްޑީސީއަކީ ހަވަނަ ޓީމެވެ.
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު