ރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ފިރިހެން ކްލަބު ޗެމްޕިއަންސް ލީގުގައި ދިވެހި ސިފައިން ކްލަބާއި ކްލަބު އެޗްޑީސީން ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެ، ފައިނަލަށް ދިޔުމުގެ އުންމީދު ދެ ޓީމަށްވެސް ފަނޑުވެއްޖެއެވެ.
މިހާތަނަށް މުބާރާތުގައި ދެޓީމުގެ ކުޅުނު މެޗުތަކަށް ބަލާ އިރު، ފުރަތަމަ މެޗުގައި އެޗްޑީސީން ނުކުތީ ކިރްގިސްތާންގެ ބަޝިކްއާ ދެކޮޅަށެވެ. އެ މެޗުން ސީދާ ތިން ސެޓުން އެޗްޑީސީ ބަލިވި އިރު، ދެވަނަ މެޗުގައި އެޗްޑީސީ އިން ނުކުތީ، ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބްއާ ދެކޮޅަށެވެ. ދެވަނަ މެޗުން އެޗްޑީސީ ބަލިވީ 3-1 ސެޓުންނެވެ.
ސިފައިންގެ ފުރަރަމަ މެޗުގައި އެޓީމުން ނުކުތީ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެމެޗުން ސިފައިން ބަލިވީ 3-2 ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ޒައިކް އަތުން ސިފައިން ބަލިވީ ސީދާ ތިން ސެޓުންނެވެ.
އިއްޔެ ހަވީރު އެޗްޑީސީން ނުކުތީ ޒައިކް ވީސީއާ ދެކޮޅަށެވެ. އެމެޗުން އެޗްޑީސީ ސީދާ ތިން ސެޓުން ބަލިވީ 25-11، 25-22 އަދި 25-13 އިންނެވެ.
ސިފައިން ރޭ ސްރީ ލަންކާ ޕޯޓްސް އަތުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ސިފައިން އަތުން ފުރަތަމަ ދެސެޓު، 25-20، 25-23 އިން ގެއްލުނު އިރު، ސިފައިން ތިންވަނަ ސެޓު ގެންދިޔައީ 25-20 އިންނެވެ. ލަންކާ ޕޯޓްސްއިން ފަހު ސެޓު ގެންދިޔައީ 25-23 އިންނެވެ.
މިހާރު އޮތް ހާލަތުން ސިފައިންނާއި އެޗްޑީސީއަށްވެސް ވަނީ ފައިނަލަށް ދިޔުމަށް އަމިއްލަ ބާރު ގެއްލިފައެވެ. ކިރިގިސްތާނުގެ ބިޝްކެކުން އިއްޔެ ކުޅުނު މެޗުގައި 3-2 ސެޓުން ހެލްޕް ނޭޕާލް ބަލިކުރި އިރު، މިވަގުތު އެއްވަނައިގައި އޮތީ ޒައިކެވެ. ދެވަނައިގައި އޮތީ ބިޝްކެކެވެ.
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު