ރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ފިރިހެން ކްލަބު ޗެމްޕިއަންސް ލީގުގައި ދިވެހި ސިފައިން ކްލަބާއި ކްލަބު އެޗްޑީސީން ކުޅުނު ދެވަނަ މެޗުތަކުންވެސް ނާކާމިޔާބު ވެއްޖެއެވެ.
ކާވާ ފިރިހެން ކްލަބު މުބާރާތް ރާއްޖޭގައި ފެށިގެން ކުރިއަށްދާ އިރު، މުބާރާތުގައި ހަ ގައުމެއްގެ ކްލަބުތަކުން ވާދަކުރެއެވެ. އެއީ ރާއްޖޭގެ ދެ ކްލަބު ކަމަށްވާ ކްލަބު އެޗްޑީއާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން، ކަޒަކިސްތާނުގެ ޒައިކް ވީސީ، ކިރްގިސްތާނުގެ ބިޝްކެކް، އަދި ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޗެމްޕިއަން ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއެވެ.
މުބާރާތް ކުރިއަށްދާނީ ރޮބިން ރައުންޑް އުސޫލުންނެވެ. ލީގު ބުރަށްފަހު ކްލަބުތައް ރޭންކް ކޮށް، ރޭންކިން މެޗުތައް ކުޅޭ އިރު، ފައިނަލް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
އިއްޔެ ކިރިގިސްތާނުގެ ބިޝްކެކާއި ސްރީ ލަންކާ ޕޯޓްސް ވާދަކުރި މެޗު 3-1 ސެޓުން ބިޝްކެކް ކާމިޔާބުކުރި އިރު، ހަވީރު ކުޅުނު މެޗުގައި ސިފައިން ނުކުތީ ކަޒަކިސްތާނުގެ ވަރުގަދަ ޒައިކާ ދެކޮޅަށެވެ.
އެ މެޗު ސީދާ ތިން ސެޓުން ގެންދިޔައީ ކަޒަކިސްތާނުގެ ޒައިކެވެ. ޒައިކް ސެޓުތައް ގެންދިޔައީ 17-25، 22-25 އަދި 15-22 އިންނެވެ.
ރޭ ކްލަބު އެޗްޑީސީން ހެލްޕް ނޭޕާލާ ދެކޮޅަށް ކުޅެފައިވާ އިރު، މެޗު ހެލްޕް ނޭޕާލުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު، ހެލްޕް ނޭޕާލުން 25-19 އަދި 25-23 އިން ގެންގޮސްފައިވާ އިރު، ތިންވަނަ ސެޓު އެޗްޑީސީން ވަނީ 25-19 އިން ގެންގޮސްފައެވެ.
އެ ސެޓުން އުންމީދެއް ހޯދި ނަމަވެސް، ފަހު ސެޓު ހެލްޕް ނޭޕާލުން ވަނީ 22-25 އިން ގެންގޮސްފައެވެ.
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު