ހދ. ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާއި ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ނައިވައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ޖެނުއަރީ 16 ވަނަ ދުވަހުއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 51.3 މިލިއަން ރުފިޔާއަށް، 15 މަސް ދުވަހުން ނިންމާ ގޮތަށެވެ.

ނައިވާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރާން ނިންމާފައިވާ މަސައްކަތްތައް:

  • 231 މީޓަރުގެ އެއްގަމު ތޮށި ލުން.
  • 73 މީޓަރުގެ ރިވެޓްމަންޓް ޖެހުން.
  • 290 މީޓަރުގެ ބޭރު ތޮށި ލުން.