ޗެލްސީއަށް ކުޅުނު އިންގްލެންޑްގެ ވިންގް، ނޮނީ މަޑުއޭކޭ އާސެނަލަށް ބަދަލުވެއްޖެއެވެ.
އާސެނަލުން މިރޭ މަޑުއޭކޭ އިއުލާނު ކޮށްފައިވާ އިރު، އޭނާ އެ ކްލަބާއެކު ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ހަބަރުތައް ބުނީ އާސެނަލުން މަޑުއޭކޭ ގެންދިޔައީ 48.5 މިލިއަން ޕައުންޑުގެ އަގަކަށް ނަމަވެސް، ބޯނަސްއާއެކު އެ ޓްރާންސްފާގެ އަގު 50 މިލިއަން ޕައުންޑަށްވުރެ މައްޗަށް އަރާ ކަމަށެވެ.
މަޑުއޭކޭ އާސެނަލަށް ސޮއިކުރުމަށްފަހު މިރޭ ބުނީ ޗެލްސީގައި މިދިޔަ ދުވަސްތަކުގައި ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށާއި، އާސެނަލާއެކު އާ ދަތުރެއް ފަށަން ތައްޔާރަށް ހުރި ކަމަށެވެ. އަދި ދަންނަ ގިނަ ކުޅުންތެރިންތަކެއް އާސެނަލްގައި ތިބުމުން އެ ކްލަބަށް ހޭނެން ފަސޭހަވާނެ ކަމަށްވެސް މަޑުއޭކޭ ބުންޏެވެ.
އުމުރުން 23 ގެ މަޑުއޭކޭ ދާދިފަހުން ޗެލްސީއާއެކު ކްލަބު ވޯލްޑް ކަޕް ހޯދާފައިވާ އިރު، އޭނާ ޕީއެސްވީން ޗެލްސީއާ ގުޅުނީ 2023 ވަނަ އަހަރު ޖެނުއަރީ މަހުގައެވެ. އެ ކްލަބާ ގުޅުނު ފަހުން އޭނާ ވަނީ 92 މެޗު ކުޅެފައެވެ. މަޑުއޭކޭ ޗެލްސީއަށް 20 ގޯލު ޖަހައިދީފައިވާ އިރު، އޭނާއަކީ ކުރިން ޓޮޓެންހަމްގެ އެކަޑެމީގައިވެސް ދުވަސްތަކެއް ހޭދަކުރި ކުޅުންތެރިއެކެވެ.
ޗެލްސީއަކީ އާސެނަލްގެ ލަންޑަން ވާދަވެރިޔާއެވެ. މީގެ ކުރިން ބައެއް ކުޅުންތެރިން ޗެލްސީން އާސެނަލަށް ބަދަލުވެފައިވާ އިރު، އޭގެ ތެރޭގައި ކައި ހަވާޓްސްއާއި ޕީޓާ ޗެކްގެ އިތުރުން ދާދިފަހުން ބަދަލުވި ކެޕާ އަރީޒާބަލާގާ ފާހަގަކޮށްލެވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް