ހުޅުމާލެ ދެވަނަ ފޭސްގައި ހުންނަ ވިނަރެސް ފްލެޓުގެ ޓަވަރަކުން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި އުމުރުން 18 އަހަރުގެ އެމީހާ ވެއްޓުނީ ވިނަރެސް ފްލެޓުތަކުގެ 8 ވަނަ ޓަވަރުންނެވެ. އޭނާ ވެއްޓުނީ ކޮން ފްލޯއަކުން ކަމެއް ހާމައެއް ނުކުރެއެވެ.

އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލުވެސް އަދި ހާމައެއް ނުކުރެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ މައުރޫފް "ވަން" އަށް ވިދާޅުވީ އެ މީހާއަށް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ނުލިބޭ ކަމަށެވެ.

.