ހުޅުމާލެ، ފޭސް ދޭއްގައި ހުންނަ ވިނަރެސް ފުލެޓް 9ގެ ދެވަނަ ފްލޯގައި ހުންނަ ކަރަންޓް ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ރޭ ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމާ އެކު ފުލުހުން އެ ތަނަށްގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ގެންލުންދީ، އާތު ނަރުތައް ބުރިކޮށް އަދި ކޮޕާ ފޮތިތައް ވަގަށް ނަގާފައިވާ ކަން އެނގިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލައިގެ ތުހުމަތުގައި ގދ. ތިނަދޫ، ލުކިންގްލާސް/ ނަސްރުﷲ ޝަކީލު ހުސައިން (38އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރު ކުރީ އަންގާރަ ދުވަހު ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ވިނަރެސް ފުލެޓު
ވިނަރެސް ފުލެޓު
ވިނަރެސް ފުލެޓު
ވިނަރެސް ފުލެޓު
ކޮމެންޓް