މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި 40 އަހަރުގެ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
މި އެކްސިޑެޓަށް ފަހު، އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މަގު ހުރަސްކުރާ މީހާގެ ގައިގައި ޖެހެނީ މަގުގެ ހުޅަނގުން އިރަށް ދަތުރުކުރަމުން އައި ސައިކަލަކުންނެވެ. ސައިކަލުން ޖެހުނުލެއް ބާރުކަމުން އޭނާ ވަރަށް ދުރަށް ވިއްސައިގެންދެއެވެ. ވިއްސައިގެން ގޮސް އޭނާ މަގުމައްޗަށް ވެއްޓެނީ ޕިކަޕުގެ އަރިމަތީގައި ވަރަށް ބާރަށް ޖެހިފައެވެ.
ސައިކަލު ވެސް ކަހާލައިގެން ގޮސް ޖެހެނީ ޕިކަޕުގައެވެ. ސައިކަލު ޕިކަޕުގެ ކުރީ ފުރޮޅުގެ ދަށުވާ މަންޒަރުވެސް ލީކުވި ވީޑިއޯއަކުން ފެނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭންފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރީން ކަމަށްވާ، މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅު، ޔޫސުފް އަލްސަން މުހައްމަދެވެ.
އެ އެކްސިޑެންޓުގައި ދެން އަނިޔާވީ 16 އަހަރުގެ ކުއްޖަކަށެވެ. 16 އަހަރުގެ ކުއްޖާއަކީ އަލްސަންގެ އެކުވެރިއެކެވެ. އޭނާ ވަނީ ފަރުވާއަށް ވޯޑަށް ބަދަލުކޮށްފިއެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް