އދ. މާމިގިލިން ފީނަން ގޮސް އުޅުނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މާމިގިލި ކައިރިން ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ މިރޭ 7:00 ހާއިރު ރިޕޯޓުކުރި ކަމަށެވެ.

ފުލުހުން މީގެ ކުޑައިރުކޮޅެއްކުރިން ބުނީ މާމިގިލިން ގެއްލިގެން ހޯދަމުންގެންދިޔަ 15 އަހަރުގެ ފިރިހެން ކުއްޖާ ފެނިފައިވާ ކަމަށާއި އެ ކުއްޖާ ފެނިފައިވަނީ މާމިގިލި ބޭރު މޫދުން ކަމަށެވެ.

އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.