އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު މި، ރަށު އޯކިޑްމާގޭ އަބްދުއްރަހުމާނު އާދަމް 65އ ގެ މަރުގެ މައްސަލައާ ގުޅިގެން އެ ރަށުގެ ފަޅުތެރެ ސްނޯކްލިންކޮށްގެން ބަލައިފިއެވެ.

ފުލުހުން ދަނީ އަބްދުއްރަހުމާންގެ ގެއާ މާދުރު ނޫން ހިސާބުގެ ހޭޅިފަށާއި ގޮނޑު ދޮށްވެސް ބަލަމުންނެވެ. އެ ހިސާބު އަތިރިމަތި ބަލައިފާސްކުރަމުން އަންނައިރު އެ ހިސާބަށް ނުވަދެވޭނެހެން މުޅި ސަރަހައްދު ވަނީ ބަންދު ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން މަސައްކަތް ކުރަމުންދަނީ އަބްދުއްރަހުމާނަށް ހަމަލާދިން ހަތިޔާރު ހޯދުމަށެވެ.

ފުލުހުންގެ ބޮޑު ޓީމަކުން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އަދި މައްސަލައާ ގުޅުންހުރި އެއްޗެއް ފެނުނުކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ.

ފުލުހުން މި މަރުގެ މައްސަލައާ ގުޅިގެން ތަނެއް ބަލައިފާސްކުރަން ފަށާފައި މިވަނީ 24 ގަޑިއިރު ފަހުންނެވެ. އަބްދުއްރަހުމާނާއި އޭނާގެ އަންހެނުން ދިރިއުޅެނީ މި ރަށު ދެކުނު ސަރަހައްދުގައި ހުންނަ މާހިޔާގޭގަ އެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށް މާލެއަށް އިއްޔެ ފޮނުވާލައިފައެވެ. މި މަރުގެ މައްސަލައާ ގުޅިގެން އެއްވެސް ބަޔަކާ ފުލުހުން އަދި ސުވާލު ކުރިކަމެއް އެނގިފައެއް ނުވެއެވެ.