އއ. މާޅޮހުން މުހައްމަދު އިޝާން - ވަން އޮންލައިން

އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާނު އާދަމް 65އ ގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު މާލެ ފޮނުވާލައިފިއެވެ.

ފުލުހުންގެ ލޯންޗެއްގައި އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވާލީ މިއަދު ހަވީރެވެ. ޕޯސްޓްމޯޓަމް ހެދުމަށް ގެންދިޔަ އާދަމް މުހައްމަދުގެ ހަށިގަނޑާ އެކު އާއިލާގެ ބައެއް މީހުންވެސް މާލެ ދިޔައެވެ.

ފުލުހުން މިއަދު ބުނީ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އަބްދުއްރަހުމާނަށް ހަމަލާ ދީފައިވަނީ އޭނާ ދިރިއުޅޭ މާހިޔާ ގޭގައި ނިދާފައި އޮއްވައެވެ.

މާހިޔާގޭގައި ނިދާފައި އޮއްވާ އަބްދުއްރަހީމަށް ހަމަލާދީފައިވަނީ ރޭ ފަތިހުއެވެ. ހަމަލާ ދީފައިވަނީ ބޮލަށް ކަން އެނގިފައިވެއެވެ.

އަބްދުއްރަހީމް އޮތްތަނަށް ގިނަ އަދަދެއްގެ ލޭ ފައިބައިފައިވާ އިރު، މި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.