ކ. ހުރާގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން އާ ހާބަރު ބޭސިންގެ ޑްރެޖިން މަސައްކަތުގެ 86 ޕަސެންޓު ނިންމައިފިއެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ބުނީ ހުރާގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން އެ ތަނުގައި ޖެޓީ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށެވެ.
ހުރާ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ 1 ޖޫން 2023 ގައެވެ. މިއީ 62.78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހުރާ ބަނދަރު މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 26,453 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
- 40,111 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން.
- ބަނދަރުގެ 5,445 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
- 86 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން.
- 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
- 317 މީޓަރުގެ ބޭރު ރިވެޓްމެންޓުގައި ވެލި ބަރުކޮށްފައިވާ ބޭރުތޮށި ލުން.
- 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގް ބޯއީސް ހަރުކުރުން.
- 105 މީޓަރު ދިގު، ހަތަރު މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން.
- 20 މީޓަރު ދިގު، ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
- ބަނދަރު ބައްތި ހަރުކުރުން.
- 1,795 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.
ފާތިމަތު ލިއުޝާ
ކ. ހުރާ
ކ. ހުރާ
ކ. ހުރާ