ހުޅުމާލެ ފޭސް އެކެއްގައި ހުރި ފްލެޓެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ "ޗައިނާ ފްލެޓް" 94 ގެ ދެ ވަނަ ބުރީގެ ތިން ވަނަ އެޕާޓްމެންޓުގައި ކަމަށެވެ. ނަމަވެސް އަލިފާން ރޯވި ސަބަބެއް ސާފެއް ނޫނެވެ.

އެމްއެންޑީއެފުން ބުނީ އެ އެޕާޓްމަންޓުގައި 11 ބިދޭސީއަކު ދިރިއުޅެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއިން މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ބުންޏެވެ.

އަލިފާން ރޯވުމުގެ ސަބަބުން އެ އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން އެތަނުގައި ހުރި ހިފާ ގެންގުޅޭ ސާމާނާއި ގޮދަޑިތައް ވަނީ އަނދައިފައެވެ

އެނގިފައިވާ ގޮތުގައި އެ އެޕާޓްމަންޓްގައި މީގެ ކުރީންވެސް ދެ ފަހަރެއްގެ މަތިން ރޯވެފައިވެއެވެ.