ތިނަދޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 27 ގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. އަނިޔާވި 31 އަހަރުގެ އަންހެން މީހާއަކީ ސައިކަލު ދުއްވަން އިން މީހާއެވެ.
މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހު ދުވަހު ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 31 އަހަރުގެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން، ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އެމަޖެންސީގައި ހަމަ އެ ރޭ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށި ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ފަރުވާ ހޯދަމުންދަނިކޮށް، މިއަދުގެ ވަގުތެއްގައި އެ މީހާ މަރުވެފައިވާ ކަމަށެވެ.
އޭނާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ފުލުހުންގެ މީޑިއާއަށް ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ، އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް ތަހުގީގުގައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އެ މީހާ ހައްޔަރުކުރި ކަމެއް މިހާތަނަށް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް