އަންނަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ) އަތުންވެސް ބަލިވެއްޖެއެވެ.
ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި، ކޮލިފައިންގެ ހޯސްޓް ގައުމު ވިއެޓްނާމް ކައިރިން ރާއްޖެ ބަލިވީ 7-0 އިންނެވެ. އޭގެ ފަހުން ގުއާމާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ، 3-0 އިން ބަލިވެފައިވާ އިރު، ޔޫއޭއީ ކައިރިން އިއްޔެ ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޔޫއޭއީގެ ފާތިމަތު އަފްޒްރާ ހެޓްރިކް ހެދި އިރު، އިއްޔެގެ މެޗުގައިވެސް ރާއްޖޭގެ ކީޕަރު އައިމިނަތު ލީޒާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.
މެޗުގައި ޔޫއޭއީން ޖެހި އަނެއް ގޯލުތައް ޖެހީ ފާތިމާ ޖަސޭމާއި މައިތާ އަލްހަމްޒީ އެވެ.
ޔޫއޭއީވެސް އެއް މޮޅާއެކު ކޮލިފިކޭޝަން ނިންމާލި އިރު، އެ ގްރޫޕުން ކޮލިފިކޭޝަން ޔަގީންކުރީ ގުއާމާއި ވިއެޓްނާމެވެ.
މުޙައްމަދު ޝަމްޢޫން
ގައުމީ އަންހެން ފުޓުބޯޅަ ޓީމު
ގައުމީ އަންހެން ފުޓުބޯޅަ ޓީމު
ގައުމީ އަންހެން ފުޓުބޯޅަ ޓީމު
ގައުމީ އަންހެން ފުޓުބޯޅަ ޓީމު