ޔޫކްރޭނުން ދިން ހަމަލާއެއްގައި ރަޝިޔާގެ ނޭވީ ޑެޕިއުޓީ ޗީފް މޭޖާ ޖެނެރަލް މިހައިލް ގުޑްކޯވް މަރާލައިފިއެވެ.
ޔޫކްރޭން ރަޝިޔާ ބޯޑަރު ގުޅޭ ސަރަހައްދުގައި ދިން އެ ހަމަލާގައި ރަޝިޔާގެ ނޭވީގެ ދެވަނައަށް އެންމެ އިސް ފަރާތް މަރާލާފައިވާކަން ރަޝިޔާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މޭޖާ ޖެނެރަލް މިހައިލް ގުޑްކޯވް އެމަގާމަށް އައްޔަން ކޮށްފައިވަނީ މިއަހަރުގެ މާޗްމަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. ޔޫކްރޭނުން މި ހަމަލާ ދީފައިވަނީ ރަޝިޔާގެ ހުޅަނގުން އޮންނަ ކުރްސްކް ރީޖަންގެ ދެ ގައުމުގެ ބޯޑަރު ގުޅޭ ސަރަހައްދު ސުމޭ ރީޖަންގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޑްކޯވް މަރުވުމާއެކު މިއީ ރަޝިޔާއާއި ޔޫކްރޭން ހަނގުރާމައިގައި މިހާތަނަށް ރަޝިޔާގެ އެންމެ އިސް ވެރިޔަކު މަރުވި ފުރަތަމަ ފަހަރުކަމަށް އޮފިޝަލުން ބުނެއެވެ. އެ ހަމަލާގައި އިތުރު 10 މީހަކުވެސް މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ހަމަލާއާ ގުޅޭ ގޮތުން ޔޫކްރޭނުން އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. އެއީ ޔޫކްރޭނުން ގެންގުޅޭ ޕޮލިސީއެއް ކަމަށާއި ރަޝިޔާއަށް ޓާގެޓްކުރާ ހަމަލާތައް ދޭ ސަރަހައްދު ހާމަ ނުކުރާކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ކުށް
ކުށް
އެމެރިކާ