މާލޭގެ ގެެއެއްގެ ތެރޭގައި ރަހީނުކޮށްފައިހުރި ބަންގުލަދޭޝް މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު 6:00 އެހާކަންހާއިިރު މާލޭ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތެއްގައި މީހަކު ބަންދުކޮށްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އެ ބިދޭސީ މީހާ އެތަނުން ނެރެފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ސިއްހީ ހާލަތު ބަލަމުން އަންނަ ކަމަށެވެ. ބޭރުފުށުން އެމީހާއަށް އެއްވެސް އަނިޔާވެފައިވާކަން ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ކިޑްނެޕް
ކިޑްނެޕް
ކިޑްނެޕް
ކިޑްނެޕް