އައްޑޫ ސިޓީގައި ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް، އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި މިރޭ އާންމުވި ވީޑިއޯ ފުޓޭޖަކުން ފެންނަ ގޮތުގައި ކަފިހި ހުރަހުން ދަނިކޮށް، އެމީހާގެ ގައިގައި ޖެހިފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލަކުންނެވެ. އެ ސައިކަލުން ޖެހުމާއެކު ދުވަސްވީ މީހާ ވެއްޓި، ސައިކަލު އަރި އަޅައިލުމުން ސައިކަލު ދުއްވި މީހާ ވެސް ވެއްޓޭ މަންޒަރު ފެނެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫގައި ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް މިރޭ 7:24 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ފަރުވާދިނުމަށް އީކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
ފުލުހުން ތަހުްގީގު އެއްކަމެއްވެސްނުވާ ފޭލިއާ މުއައްސަސާއެއް ރައިއްޔިތުންގެ ޓެކްސްފާއިސާ ކައިގެންބޮއިގެންތިބި ދިވެހި ގައުމާއި ދިވެހިރައްޔިތުންނަށް ޣަދަރު ވެރިވާ ޣައްދާރުންގެ މުއައްސަސާއެއް
ވާހަކަކިޔާމީހާ - 12 މަސް ކުރިން