މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އޯކިޑް ބިލްޑިންގައި ހުންނަ އިމިގްރޭޝަންގެ ގުދަނުން ވައްކަން ކުރި ކަމުގެ ރިޕޯޓް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތަކެތި އަތުލައިގެންފައިވަނީ މާލޭ މާރުކޭޓު ސަރަހައްދުގައި ވިއްކަން ހުއްޓައި ކަމަށެވެ. އޭނާ ވަގަށް ނެގި ތަކެތީގެ ތެރޭގައި، އިންޖީނު ސްޕެއާޕާޓްސް އާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަހުމަދު ނިއުޝަމް (36އ) އެވެ.
ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން އޭނާ 15 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މި މީހުންގެ އަތުން ނުއަގުގައި ތަކެތި ގަންނަ ފަރާތްތަކާމެދުވެސް ހަރުކަށި ފިޔަވަޅު އެޅެން އެބަޖެހޭ. ނޫން ނަމަ ހައްލެއް ނެތް.
އިސްތަފާ - 12 މަސް ކުރިން