އުރީދޫ މޯލްޑިވްސްއިން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ އުރީދޫ ފަން ރަން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އުރީދޫން ބުނީ ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބޭއްވި އެ ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެއް ކަމަށެވެ.

27 ޖޫން 2025، އައްޑޫ ސިޓީގައި ބޭއްވި އުރީދޫ ފަން ރަންގައި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ -- ފޮޓޯ/ އުރީދޫ

އެ ދުވުން ކުރިއަށްދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫން ފެށިގެންނެވެ. ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުން ބައިވެރިންނަށް އެ ރަން އިތުރަށް ފަޅުފިލައިގެން ދިޔައެވެ.

ފަން ރަން ނިންމާ ކޮންމެ ދުވުންތެރިޔަކަށް ވެސް އައްޑޫ ސިޓީގައި ބޭއްވުނު އެ ފަންރަންއަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ މެޑަލްއެއް ލިބިގެންދިޔައެވެ. އައްޑޫ ސިޓީއަށް ހާއްސަ ދޫންޏެއް ކަމަށްވާ "ދޮން ދީނީ" ވަނީ އެ މެޑަލްގައި ހިމެނިފައެވެ.

27 ޖޫން 2025، އައްޑޫ ސިޓީގައި ބޭއްވި އުރީދޫ ފަން ރަން -- ފޮޓޯ/ އުރީދޫ

އުރީދޫން ބުނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި، ހުރިހާ ޕާޓްނަރުންނާއި، މުވައްޒަފުންނާއި، އެ ހަރަކާތް ހަގީގަތަކަށް ހެދުމަށްޓަކައި އެއްބާރުލުން ދިން ވޮލަންޓިއަރުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ހިތްވަރާއި އެއްބާރުލުމުގެ ސަބަބުން، އެކަމުގައި ޝާމިލުވާ އެންމެންނަށް ހަގީގަތުގައިވެސް އުފާވެރި ތަޖުރިބާއެއް އުފެއްދުމަށް މަގުފަހިވެފައިވާ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮކަމަށް ބަރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެކެވެ.