ލ. ފޮނަދޫގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތުގެ 73 ޕަސެންޓު ނިންމައިފިއެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ ފޮނަދޫގެ ބޮޑެތި މަގުތައް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު އެ މަސައްކަތް ކުރިއަށްގެންދަނީ ފޮނަދޫގެ އައިލީ ހިނގުން، މިހިރީ މަގު އަދި ސަރަހައްދީ މަގުގައި ކަމަށެވެ.
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް 53.9 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 2021 ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2022 މާޗު 22 ގައެވެ.
އެ މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އޭގެ އިތުރުންވެސް ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ފާތިމަތު ލިއުޝާ
ލ. ފޮނަދޫ
ލ. ފޮނަދޫ
ލ. ފޮނަދޫ
ލ. ފޮނަދޫ