އަންނަ މަހުގެ 28 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް އެގޮތަށް ނިންމެވީ މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީ ކަމަށެވެ.
އެގޮތުން ޖުލައި 26، 27 ގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާތީ އާއި ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައި ވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ، ޖުލައި 28 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.
މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާ އިރު، އެމްއެންޑީއެފާއި ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް