ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާދަމާ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00އާ ދޭތެރޭގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެ ކަމަށެވެ.
އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ހެނދުނު 10:00 އިން 11:00 އާ ދެމެދުގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެ ކަމަށެވެ.
މާލެއިން ކަރަންޓު ކެނޑިދާނެ ސަރަހައްދުތައް:
- ބޮޑުތަކުރުފާނު މަގު، ހަވީރީ ހިނގުން، ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން - ހެނދުނު 09:00 އާއި މެންދުރު 12:00 އާ ދެމެދު
- ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން - ހެނދުނު 10:00 އާއި މެންދުރު 12:00 އާ ދެމެދު
- ގުލޭނޫރަން މަގު، ސިއްކަގޯޅި، އަދި ކަރަންކާ މަގު - މެންދުރު 2:00 އާއި ހަވީރު 4:00 އާ ދެމެދު
ހުޅުމާލެެއިން ކަރަންޓު ކެނޑިދާނެ ސަރަހައްދުތައް:
- ހުޅުމާލެ ފޭސް އެކެއް، ނިރޮޅު މަގު، ދިއްގާ މަގު، ހިރުނދު މަގު އަދި ނިރޮޅު މަގު ގޯޅި 11،12،13 ހިމެނޭ ސަރަހައްދުން ހެނދުނު 10:00 އާއި 11:00 އާ ދެމެދު
މުހައްމަދު އިޝާން
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ