ހެޔޮއެދޭ ފަރާތަކުން ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަހު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިއަދު ޑރ. ޝަހީމް ވިދާޅުވީ ވިލިމާލޭގައި ހުންނަ ޒަމާންވީ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރަން ހެޔޮ އެދޭ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާތީ 2 އަހަރު ތެރޭ ނިންމާގޮތަށް އެ ފަރާތާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.
"މިސްކިތް ބިނާކުރެވިގެންދާނީ ގުރުއާން ކިޔަވައިދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެން. އިންޝާ ﷲ." މިނިސްޓަރު ވިދާޅުވިއެވެ.
ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީއާއެކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މި އަހަރުގެ އޭޕްރީލް މަހު ހުޅުމާލޭ ފޭސް ދޭއްގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބިން ހަވާލުކޮށްފައެވެ.
ފާތިމަތު ލިއުޝާ
ވިލިމާލެ
ވިލިމާލެ
ވިލިމާލެ