މެންޗެސްޓާ ސިޓީއާ އަލަށް ގުޅުނު ފްރާންސް މިޑްފީލްޑަރު ރަޔަން ޗެރްކީގެ އެންމެ ބޮޑު އެއް އުންމީދަކީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ކިބައިން ބަދަލު ހިފުން ކަމަށް އޭނާ ބުނެފިއެވެ.
އުމުރުން 21 އަހަރުގެ ފްރާންސް މިޑްރީލްޑަރު ޗެރްކީ ސިޓީއަށް ސޮއިކޮށްފައިވަނީ 30.45 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ލިޔޯންއަށް 200 މެޗު ކުޅެފައިވާ ޗެރްކީ ފްރާންސަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުގައި ގޯލު ޖަހާފައިވާ އިރު، އޭނާއަށްވެސް ކްލަބު ވޯލްޑް ކަޕްގައި ކުޅެވޭނެއެވެ.
ޗެރްކީއަކީ ލިޔޯންއަށް ލޯބިކުރާ، އެ ކްލަބަށް މަރުދިން ކުޅުންތެރިޔަކަށްވީ އިރު، އޭނާ ޔުނައިޓެޑްގެ ކިބައިން ބަދަލުހިފަން ބޭނުން ވަނީ ނިމިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ކައިރިންވި ހިތްދަތި ބަލީގެ ސަބަބުންނެވެ.
ޔުނައިޓެޑުން ދެވަނަ ލެގުގައި ފަހަތުން އަރައި، އިތުރު ވަގުތުގައި ލިޔޯން އެގްރިގޭޓް 7-6 ގެ ނަތީޖާއަކުންނެވެ. އެއީ ލިޔޯންއިން 4-1 އިން ލީޑު ކުރި މެޗެއްގައެވެ.
"އަހަންނަށް ވަރަށް އަސަރުކުރި ޔުނައިޓެޑުން ލިޔޯން ބަލިކުރި ގޮތުން. އެއީ އަހަންނަކީ ލިޔޯނަށް މަރުދޭ ކުޅުންތެރިއަކަށްވީމަ. އަހަރެން ބޭނުންވަނީ ޔުނައިޓެޑްގެ ކިބައިން އެކަމަށް ބަދަލުހިފަން. އަހަރެން މިހުރީ ސިޓީާއެކު ކުޅޭ ހުރިހާ މެޗެއްވެސް ކާމިޔާބުކުރަން ތައްޔާރަށް،" ޗެރްކީ ބުންޏެވެ.
ޗެރްކީ އިތުރަށް ބުނީ އޭނާއަކީ ސިޓީ ލެޖެންޑް ކެވިން ޑި ބްރޭނާގެ މަގާމަށް ކުޅޭ ކުޅުންތެރިއެއް ނަމަވެސް، ޑި ބްރޭނާ ނޫން ކަމަށެވެ. އެހެންކަމުން ބޭނުން ވަނީ އަމިއްލަ ލެގަސީއެއް ދަމަހައްޓަން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ